ހަރަދު ކުޑަކުރުން ހަލުވިކުރަން އުފެއްދި ރިފޯމް ކޮމިޝަނަރު އޮފީހުން ކުރި ކަމެއް ކުރާ ކަމެއް ނޭނގޭ
އަދަދު
20 އޯގަސްޓު 2025 | ބުދަ | 10:37
އާމްދަނީ އިތުރުކުރާށާއި ހަރަދުތައް ކުޑަކުރަން ސަރުކާރުން ގެންގުޅޭ މާލީ ރިފޯމް އެޖެންޑާގައި ހުރި ފިޔަވަޅުތައް އެޅުން އަވަސްކުރަން އުފެއްދި މާލީ ރިފޯމް އޮފީހުން މިހާތަނަށް ކުރި މަސައްކަތެއް ސާފުކުރަން ކުރި މަސައްކަތް ނާކާމިޔާބުވެއްޖެ އެވެ.
މާލީ ރިފޯމް ކޮމިޝަނަރުގެ މައިގަނޑު މަސައްކަތަކީ ދައުލަތުގެ އެކިއެކި ދާއިރާތައް ރިފޯމް ކުރުމާބެހޭ މަސައްކަތްތައް ހަލުވި ކުރުމެވެ. އޭގެ ތެރޭގައި އިގުތިސޯދީ ރިފޯމާއި މާލީ ރިފޯމާއި އެސްއޯއީތައް ރިފޯމު ކުރުމެވެ. މިއީ މި އަހަރުގެ ބަޖެޓުގައި އަޅަން ބުނި ފިޔަވަޅުތަކެކެވެ.
އެ ގޮތުން މި އޮފީހުގެ އިސްވެރިއަކަށް މާލީ ރިފޯމް ކޮޝަނަރުގެ ގޮތުގައި ހަމަޖެއްސީ ކުރީގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އަސްމާ ޝަފީއެވެ. އަސްމާ އެ މަގާމަށް ހަމަޖެއްސީ މިދިޔަ އަހަރުގެ ޑިސެމްބަރު 17 ގަ، އެވެ.