ލާމަރުކަޒީ ނިޒާމަށް ބަދަލު ގެނައުމާ ބޮޑުފޮޅުދޫ ކައުންސިލުން ދެކޮޅު، މުއިއްޒަށް ގޮވާލީ ދެވަނަ ވިސްނުމަކަށް ދިޔުމަށް
އަދަދު
20 އޯގަސްޓު 2025 | ބުދަ | 11:14
ރައީސްގެ ނިޒާމަށް ރައީސް މުހައްމަދު މުއިއްޒު ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން ކައުންސިލްތަކަށް އެތައް ދަތިތަކެއް ދިމާވާ ކަމަށް ބުނެ އެކަމާމެދު ދެވަނަ ވިސްނުމަކަށް ދިޔުމަށް ރައީސް މުހައްމަދު މުއިއްޒުއަށް ބޮޑުފޮޅުދޫ ކައުންސިލުން ގޮވާލައްވައިފި އެވެ.
މުއިއްޒު އެ ރަށަށް ވަޑައިގެން ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް މި ފަހުން ސަރުކާރުން ހުށަހަޅައިގެން ގެނައި ބަދަލުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.
"ވަރަށް ބޮޑަށް އަޅުގަނޑު ރައީސް ކިބައިން އެދެން [ލާމަރުކަޒީ ގާނޫނަށް] މި ފަހުން މި ގެނައި ބަދަލާމެދު އިތުރަށް ވިސްނުންފުޅު ބަހައްޓަވާ އަޅުގަނޑުމެން ކައުންސިލްތަކަށް ފަސޭހަވާނޭ ގޮތަކަށް އަދިވެސް މިކަން ކޮށްދެއްވުން،" ޝުޖާއު ވިދާޅުވި އެވެ.