އައްޑޫގެ ތަރައްގީއަށް ކޮށްދިން ކަންކަމުގެ އަގު ވަޒަންކޮށް އެ ސިޓީގެ ކައުންސިލުން ސޯލިހުއަށް އެވޯޑެއް އަރުވަނީ
އަދަދު
20 އޯގަސްޓު 2025 | ބުދަ | 1:56
އައްޑޫ ސިޓީގެ ތަރައްގީއަށް ނިމިދިޔަ ސަރުކާރުން ކޮށްދިން ކަންކަމާއި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ގެނައި ބަދަލުތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުއަށް އެވޯޑެއް އެރުވުމަށް އެ ސިޓީގެ ކައުންސިލުން ނިންމައިފި އެވެ.
ސޯލިހުއަށް އެވޯޑެއް ދޭން ނިންމާފައިވާކަން ހާމަކުރީ އައްޑޫ ކައުންސިލްގެ މެންބަރުން މި ހަފުތާގައި މާލެއަށް ކުރި ދަތުރުގެ ތެރެއިން، ސޯލިހުއާ ބައްދަލު އާ ބައްދަލު ކުރުމަށް އިއްޔެ ބޭއްވި ބައްދަލުވުމުގަ އެވެ.
އެވޯޑާ ހަވާލުވުމަށް އައްޑޫއަށް ވަޑައިގަންނަވަން ސޯލިހުއަށް ދައުވަތު އަރުވަމުން އައްޑޭ މޭޔަރު، އަލީ ނިޒާރު ވިދާޅުވީ ސޯލިހުއަށް އެވޯޑެއް އަރުވަން ނިންމާފައި ވަނީ އެ ސިޓީގެ ރައްޔިތުންގެ ނަމުގައި ކަމަށެވެ.