ތޮއްޑޫގައި އެމްއެންޔޫގެ އެގްރިކަލްޗާ އެންޑް ފުޑް ސައިންސް ފެކަލްޓީއެއް ތަރައްގީކުރަނީ

އަދަދު

20 އޯގަސްޓު 2025 | ބުދަ | 7:25

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި އެގްރިކަލްޗާ އެންޑް ފުޑް ސައިންސްގެ ފެކަލްޓީއެއް އުފައްދައި، އެ ފެކަލްޓީ އއ. ތޮއްޑޫގައި ގާއިމުކުރަން ނިންމައިފި އެވެ.

އއ. އަތޮޅަށް ރައީސް މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުގެ ތެރެއިން ތޮއްޑޫއަށް ވަޑައިގެން މުއިއްޒު ވިދާޅުވީ ހަޔާ އެޑިއުކޭޝަންގެ މެދުވެރިކޮށް އެމްއެންޔޫގައި ފެކަލްޓީ އޮފް އެގްރިކަލްޗާ އެންޑް ފުޑް ސައިސް އުފައްދައި، އެ ފެކަލްޓީ ތޮއްޑޫގައި ގާއިމުކުރަން ނިންމާފައިވާ ކަމަށެވެ.

"ހަޔާ އެޑިއުކޭޝަން ސިޔާސަތުގެ ތެރެއިން އެމްއެންޔޫގައި ފެކަލްޓީ އޮފް އެގްރިކަލްޗާ އެންޑް ފުޑް ސައިންސް އުފައްދާ އެ ފެކަލްޓީގެ އިމާރާތް ގާއިމުކޮށް ހިންގާނީ މި ރަށުގައި ކަމަށް އަޅުގަނޑު ވާނީ ނިންމާފައި،" މުއިއްޒު ވިދާޅުވި އެވެ.

މައުޟޫޢުތަށް