ނޫސްވެރިކަން ނެތިކޮށްލާ ބިލަށް ހިޔާލު ހުށަނާޅައި ބިލު ބޭރުކޮށްލަން ބާރުއަޅަން އެމްއެމްސީން ނިންމައިފި

އަދަދު

20 އޯގަސްޓު 2025 | ބުދަ | 11:14

މިނިވަން މީޑިއާ ނެތިކޮށްލަން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން" ގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު، އަބްދުލްހަންނާން އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލަށް އެއްވެސް ހިޔާލެއް ހުށަނާޅައި ބިލު މަޖިލީހުން ބޭރުކުރަން ބާރުއަޅަން މޯލްޑިވްްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު ނިންމައިފި އެވެ.

އެމްއެމްސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ބިލާއި ގުޅޭގޮތުން އެ ކައުންސިލުގެ މެންބަރުން މިއަދު ބޭއްވި ބައްދަލުވުމެއްގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެ މަޝްވަރާތަކުގައި ބިލާއި ގުޅޭގޮތުން ގިނަ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައި، ބިލާ ދެކޮޅު ހެއްދެވި ކަމަށް އެ ކައުންސިލުން ބުންޏެވެ.

އެމްއެމްސީން ބޭއްވި ބައްދަލުވުމުގައި ނިންމީ އެއްވެސް ވަރަކަށް ކައުންސިލާއި ނޫސްވެރިންނާ ވެސް މަޝްވާރާނުކޮށް މަޖިލީހަށް ވައްދާފައިވާ ބިލަށް އިތުރު ހިޔާލުތަކެއް ހުށަހެޅުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި، މަޖިލީހުން މުޅި ބިލު ބަލައިނުގަތުމަށް ކަމާ ބެހޭ ފަރާތްތަކަށް ދެންނެވުން ކަމަށެވެ.

މައުޟޫޢުތަށް