ހުލާސާކޮށް އިއްޔެ: މިނިވަން މީޑިއާ ނެތިކޮށްލާ ބިލް އަނބުރާ ގެންދަން އައިއެފްޖޭ އިން ގޮވާލުން
އަދަދު
21 އޯގަސްޓު 2025 | ބުރާސްފަތި | 6:47
މިނިވަން މީޑިއާ ނައްތާލުމަށް ސަރުކާރުން ފަހަތުގައި އޮވެގެން ހުށަހެޅި ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް އެ ބިލު އަނބުރާ ގެންދިޔުމަށް ނޫސްވެރިންގެ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގްވާމީ ޖަމިއްޔާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިއްޔެ ގޮވައިލި އެވެ.
ޕީއެންސީގެ ބައެއް އިސްވެރިން އަޑީގައި ތިބެގެން ފަރުމާ ކުރި އެ ބިލު ހުށަހެޅުއްވީ އަމިއްލަ މެންބަރެއްގެ ގޮތުގައި ތުޅާދޫ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދަވާ އަބްދުލްހަންނާނު އަބޫބަކުރު އެވެ.
އޭނާ އެ ބިލު ހުށަހެޅި ނޫސްވެރިންނާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި އެވެ.