ބިޔަ، މުސްކުޅި މުރަކަތައް ހުރި ގޮއިދޫ އަތޮޅު ހަލާކުކޮށްނުލައި ހިމާޔަތްކުރަން ކޮރަލް އިންސްޓިޓިއުޓުން ގޮވާލައިފި

އަދަދު

21 އޯގަސްޓު 2025 | ބުރާސްފަތި | 12:47

ސަތޭކަ އެތައް އަހަރެއް ވެފައި ހުރި އާދަޔާހިލާފު ބިޔަ މުރަކަތައް ހުރި ގޮއިދޫ ފަޅު ހިއްކައިގެން ލިބޭ ގެއްލުމަށް ވުރެ، މުސްތަގުބަލަށް ޓަކައި އެ ސަރަހައްދުގެ ކަނޑުގެ ވެށި ހިމާޔަތްކުރުމުގެ ފައިދާ މާ ބޮޑު ކަމަށް ބުނެ އެ ޕްރޮޖެކްޓު ހުއްޓާލަން މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓުން ގޮވާލައިފި އެވެ.

ކޮރަލް އިންސްޓިޓިއުޓުން މިހެން ބުނެ ބަޔާނެއް ނެރުނީ ގޮއިދޫ ފަޅު ފުންކޮށްގެން އެ ތަނުގައި ރިސޯޓެއް ތަރައްގީކުރަން މި މަސް ނިމުމުގެ ކުރިން ބަޔަކާ އެކީ ސޮއިކުރާނެ ކަމަށް މިފަހުން ބ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.

މި ޕްރޮޖެކްޓާ މެދު ކަންބޮޑުވުން ފާޅުކުރަމުން ކޮރަލް އިންސްޓިޓިއުޓުން ބުނީ، ގޮއިދޫ ފަޅުގައި ހުރި ދުވަސްވީ މުރަކަތަކަކީ މުރަކަ ހުދުވުމުގެ ހާދިސާތަކުން ސަލާމަތްވެ، މުުރަކަތަކަަށް ވަމުންދާ ގެއްލުންތަކަށް ވިލުންވެރި، ދެމިހުރި މުރަކަތަކެއް ކަމަށެވެ. އަދި މި ގުދުރަތީ މުއްސަނދިކަމަކީ ގައުމީ އަދި ބައިނަލްއަގުވާމީ ގޮތުން ބެއްޔަސް، މުހިންމު އަދި އަގުހުރި އެއްޗެއް ކަމަށް ވެސް އެ އިންސްޓިޓިއުޓުން ބުންޏެވެ.

މައުޟޫޢުތަށް