ރޭ ހައްޔަރު ކުރި އެކަކަކީ މީގެ ކުރިން އަބްދުއްރަހްމާންއާ މައްސަލަތަކެއް ޖެހިފައި ހުރި މީހެއް
އަދަދު
21 އޯގަސްޓު 2025 | ބުރާސްފަތި | 9:49
އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެ ރަށު އަބްދުއްރަހުމާން އާދަމްގެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކަކީ މީގެ ކުރިން އަބްދުއްރަހްމާންއާ މައްސަލަތަކެއް ޖެހިފައިވާ މީހެއްކަން އެނގިއްޖެ އެވެ.
އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ އއ. މާޅޮަސް، ފިޔަ، އަހުމަދު އާޝިދާއި އެ ރަށު ލިލީފެހި، މުހައްމަދު ވިސާމް އާއި ހަމަ އެ ރަށު ފިނިވާގޭ، އަހުމަދު ފާރިސް އެވެ.
އެ މީހުންގެ ތެރެއިން ވިސާމް އާއި ފާރިސް ހައްޔަރު ކުރީ މާޅޮހުންނެވެ. އެއީ އެ ރަށުގައި ވަޒީފާ އަދާކުރަމުންދިޔަ ދެ މީހުންނެވެ. އަދި އާޝިދު ހައްޔަރު ކުރީ ވެރި ރަށް މާލެއިންނެވެ.