ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓަކަށް ހުރި ވޮލީ ރިޔާޒު ޓްރާންސްޕޯޓަށް ބަދަލުކޮށްފި
އަދަދު
21 އޯގަސްޓު 2025 | ބުރާސްފަތި | 11:41
މި ސަރުކާރު އެކުލަވާލިއިރު ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރި ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ރިޔާޒު (ވޮލީ ރިޔާޒު) ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކޮށްފި އެވެ.
ކުޅިވަރުގެ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ރިޔާޒު އެ މަގާމަށް ރައީސް މުހައްމަދު މުއިއްޒު އައްޔަން ކުރެއްވީ ނޮވެމްބަރު 21، 2023 ގަ އެވެ.
އޭނާ ޓްރާންސްޕޯޓަށް ބަދަލުކުރި ތާރީހެއް ސާފެއް ނޫނެވެ. ނަމަވެސް، ރައީސް އޮފީހުގެ ވެބްސައިޓުން ޔަގީން ކުރެވޭ ގޮތުގައި ރިޔާޒު ވަނީ ސްޕޯޓްސް މިނިސްޓްރީން ޓްރާންސްޕޯޓަށް ބަދަލުކޮށްފަ އެވެ.