އަބްދުއްރަހްމާންގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ސަރުކާރުގެ ސިޔާސީ މުވައްޒަފެއް!
އަދަދު
21 އޯގަސްޓު 2025 | ބުރާސްފަތި | 10:27
އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެ ރަށު އަބްދުއްރަހުމާން އާދަމްގެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ އެ ރަށު ލިލީފެހި، މުހައްމަދު ވިސާމް އަކީ މި ސަރުކާރުގެ ސިޔާސީ މުވައްޒަފެއްކަން އެނގިއްޖެ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ވިސާމްއަކީ މާޅޮހު ޔޫތު ސެންޓަރަށް މި ސަރުކާރުން އައްޔަނުކޮށްފައި ހުންނަ ޔޫތު އެސޯސިއޭޓް އެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި މާޅޮހުންނެވެ.
އޭނާގެ އިތުރުން އެ މައްސަލައިގައި ދެން ފުލުހުން ހައްޔަރު ކުރީ އއ. މާޅޮސް، ފިޔަ، އަހުމަދު އާޝިދާއި ހަމަ އެ ރަށު ފިނިވާގޭ، އަހުމަދު ފާރިސް އެވެ. އެ މީހުންގެ ތެރެއިން ފާރިސް ވެސް ފުލުހުން ހައްޔަރު ކުރީ ރޭ މާޅޮހުންނެވެ. ފާރިސްއަކީ ސްޓެލްކޯގައި ވަޒީފާ އަދާ ކުރާ މީހެކެވެ. ނަމަވެސް އާޝިދު ހައްޔަރު ކޮށްފައި ވަނީ މާލެއިންނެވެ.