އެމްއެމްއޭ ކުރިމަތީގައި އޮންނަ ފަޅު ބޭނުން ކުރަމުންދިޔަ ފެރީތަކަށް ނޯތު ހާބަރާއި ޓީ-ޖެޓީ ހަމަޖައްސައިފި

އަދަދު

21 އޯގަސްޓު 2025 | ބުރާސްފަތި | 8:14

އެމްޓީސީސީން ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރަން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ސަރަހައްދު ކުރިމަތިން އޮންނަ ފަޅުތެރެ ބަންދުކޮށްފައިވާތީ އެ ސަރަހައްދު ބޭނުންކުރަމުންދިޔަ ފެރީތަކަށް އިތުރު ދެ ސަރަހައްދެއް ހަމަޖައްސައިދޭން ނިންމައިފި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ އެ ފެރީތަކަށް ނޯތު ހާބަރާއި ޓީ-ޖެޓީ ބޭނުންކުރެވޭނެ ކަމަށެވެ. އެމްއެމްއޭ ސަރަހައްދު ބަންދުކުރީ ތިން މަހެއްހާ ދުވަހުގެ މުއްދަތަކަށެވެ.

އެ މުއްދަތު ހަމަވުމުން ވެސް ބޭނުންވާ ފަރާތްތަކަށް މި ދެ ޖެޓީ ބޭނުންކުރެވޭނެ ކަމަށް އެމްޕީއެލް އިން ބުނެފައިވެ އެވެ.

މައުޟޫޢުތަށް