ވަކީލުކަމުގެ ވަގު ހުއްދައެއް ހަދައިގެން އެމްޕީއެލްގެ ވަޒީފާއެއްގައި އުޅުނު މީހަކު ފަޅާއަރައިފި
އަދަދު
21 އޯގަސްޓު 2025 | ބުރާސްފަތި | 7:22
ވަކީލުކަމުގެ ވަގު ހުއްދައެއް ހަދައިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ވަޒީފާއެއްގައި އުޅުނު މީހަކު ފަޅާއަރައިފި އެވެ.
ލ. ފޮނަދޫ، ހަވޭލި، ފާތިމަތު ތޫބާ އަބްދުﷲ އާމެދު ޝައްކުތަކެއް އުފެދިގެން އޭނާގެ އަތުގައި ވަކީލުކަމުގެ ހުއްދަ އޮވޭތޯ ބަލައިދިނުމަށް ހުށަހެޅީ އެމްޕީއެލް އިންނެވެ. ތޫބާއަކީ ވަކީލެއްތޯ މޯލްޑިވްސް ބާ ކައުންސިލުން ބެލިއިރު، އޭނާގެ އަތުގައި ވަކީލުކަމުގެ ހުއްދައެއް ނޯވެ އެވެ.
"ފާތިމަތު ތޫބާ އަބްދުﷲ އަކީ ގާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް ފަރާތެއް ނޫންކަން އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަން،" ބާ ކައުންސިލުް ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.