އަބްދުއްރަހުމާންގެ މަރުގެ މައްސަލަ: ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފި
އަދަދު
22 އޯގަސްޓު 2025 | ހުކުރު | 8:16
އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެ ރަށު އަބްދުއްރަހުމާން އާދަމްގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން އަދި އެކަކު ފަސް ދުވަހަކަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އއ. މާޅޮސް، ފިޔަ، އަހުމަދު އާޝިދާއި އެ ރަށު ލިލީފެހި، މުހައްމަދު ވިޝާމް އާއި ހަމަ އެ ރަށު ފިނިވާގޭ، އަހުމަދު ފާރިސް އެވެ.
މި މީހުން ހައްޔަރުކުރީ ބުދަ ދުވަހުގެ ރޭގަ އެވެ.