ކާނުތައް ސާފުކުރަން ފެށިފަހުން މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރެވިއްޖެ: އާޒިމް

އަދަދު

22 އޯގަސްޓު 2025 | ހުކުރު | 12:04

ފެން ހިންދާ ބޮޑެތި ޕަންޕުތައް ގެނެސް ޖައްސައި ކާނުތައްް ސާފު ކުރުމުގެ މަސައްކަތް ކުރަން ފެށި ފަހުން މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުވެފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އަދަދު އިން ގެނެސްދޭ އެތެރެފުށް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ބޯކޮށް ވާރޭ ވެހިއްޖެ ނަމަ މާލޭގެ 500 އެއްހައި ގެއަށް މީގެ ކުރިން ފެން ވަދެ ބޮޑެތި ގެއްލުންތައް ލިބޭ ކަމަށެވެ. ނަމަވެސް މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ފެށި ފަހުން އެ މައްސަލަ މުޅީންހެން ހައްލުވެފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިއަދު މި ކުރެވުނު މަސައްކަތުން ގެތަކަށް ފެން ވަނުން ހުއްޓުވިއްޖެ. އެހެންވީމާ މީހުންނަށް މިހާރު ދަންވަރު ގަޑީގައި ވާރޭވެހޭއިރުގައި ތެދުވެގެން ފެން ހިންދަން އުޅޭކަށް ނުޖެހޭނެ މިހާރަކު، މިއީ 20 އަކަށް 15 އަހަރު މާލެ ރައްޔިތުން އުފުލަމުންދިޔަ ބޮޑު ތަކުލީފެއް ބޮޑު ދަތިކަމެއް، އުނދަގޫކަމެއް،" އާޒިމް ވިދާޅުވި އެވެ.

މައުޟޫޢުތަށް