ވަޒީރުންނާއި މެންބަރުން ހިމެނޭހެން އެންމެން ދަތީގައި އުޅެންޏާ ފަގީރުންގެ މިންގަނޑު ބަދަލު ކުރަންޖެހޭ: ޝަހީމް

އަދަދު

23 އޯގަސްޓު 2025 | ހޮނިހިރު | 4:40

ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ހިމެނޭހެން ގައުމުގެ އެންމެން ދަތި ހާލުގައި އުޅެންޏާ ފަގީރުންނާއި މިސްކީނުންނަކީ ކޮބައިކަން ކަނޑައެޅުމުގެ މިންގަނޑު ބަދަލު ކުރަން ޖެހޭ ކަމަށާއި ޒަމާނީ މަފުހޫމުތަކާ އެއްގޮތަށް އެކަން ކަނޑައެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ވިދާޅުވެއްޖެ އެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ކުރިއަށް ގެންދާ ޒަކާތު ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ ފަގީރުންނާއި މިސްކީނުންނަކީ ކޮބައިކަން ފަހުގެ މަފުހޫމުގެ ތެރެއިން ބަދަލު ކުރެވިދާނެ ކަމަށެވެ.

"ދިރިއުޅޭނެ ތަނެއް ނެތް. މީހުން މި އުޅެނީ ވަރަށް ދަތީގައި. ވަޒީރުން ވެސް އުޅެނީ ދަތީގައި. މަޖިލިސް މެންބަރުން ވެސް އުޅެނީ ދަތީގައި. މުޅި ގައުމު ދަތީގައި އުޅެންޏާ، އެބަޖެހޭ ފަގީރުންނާއި މިސްކީނުން މި ޒަމާނުގެ މަފުހޫމުގައި ކަނޑައަޅަން، ކޮބައިތޯ ހަގީގަތުގައި ފަގީރުންނާއި މިސްކީނުންނަކީ،" ޝަހީމް ވިދާޅުވި އެވެ.

މައުޟޫޢުތަށް