މި އަހަރު އެންމެ ގިނައިން ދަރިން ލިބުނީ 30 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެނުންނަށް

އަދަދު

23 އޯގަސްޓު 2025 | ހޮނިހިރު | 11:41

މި އަހަރުގެ މިހާތަނަށް ރާއްޖޭގައި އެންމެ ގިނައިން ދަރިން ލިބުނީ އުމުރުން 30 އަހަރާއި 34 އަހަރުގެ އަންހެނުންނަށް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމު ކުރި ހިސާބުތަކަށް ބަލާއިރު އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ 444 އަންހެނަކަށް ވަނީ ދަރިން ލިބިފަ އެވެ. އެންމެ ގިނައިން ވިހެއީ އެ އޭޖް ގްރޫޕުގެ އަންހެނުންނެވެ.

ދެން އެންމެ ގިނައިން ކުދިން ލިބުނީ އުމުރުން 25 އަހަރާއި 29 އަހަރާ ދެމެދުގެ މީހުންނަށެވެ. އެ އޭޖް ގްރޫޕުގެ 394 މީހަކު ދަރިން ހޯދި އެވެ. ތިން ވަނައަށް އެންމެ ގިނައިން ދަރިން ހޯދީ 35 އަހަރާއި 39 އަހަރާ ދެމެދުގެ އަންހެނުންނެވެ. އެ އޭޖް ގްރޫޕުގެ 296 މީހަކަށް ދަރިން ލިބުނެވެ.

މައުޟޫޢުތަށް