ގައުމިއްޔަތަށް ހިދުމަތްކުރުމުގެ ހާއްސަ ޝަރަފު އުތީމަށް އަރުވަނީ
އަދަދު
23 އޯގަސްޓު 2025 | ހޮނިހިރު | 4:43
ހއ. އުތީމުގެ ރައްޔިތުންގެ ބެލެހެއްޓުމާއެކު އުތީމު ގަނޑުވަރަށް 500 އަހަރުވެފައިވާތީ، ގައުމިއްޔަތަށް ހިދުމަތްކުރުމުގެ ހާއްސަ ޝަރަފު، އެ ރަށުގެ ރައްޔިތުންނަށް އެރުވުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ ހާއްސަ ޝަރަފު އުތީމަށް އެރުވުމަށް މުއިއްޒު ނިންމެވީ އުތީމު ގަނޑުވަރު ބެލެހެއްޓެވުމަށް، އުތީމު ރައްޔިތުން އަދާކުރައްވައިފައިވާ ދައުރާއި، އެކަމަށް ދެއްވި އަހައްމިއްޔަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި މާދަމާ އުތީމުގައި ބާއްވާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި އުތީމަށް އެ ޝަރަފު އެރުވުމަށް ވަނީ ނިންމާފަ އެވެ. އެ ޖަލްސާ ފަށާނީ ހެނދުނު 10:00 ޖަހާއިރެވެ.