ހުލާސާކޮށް އިއްޔެ: ސިޔާމްގެ ހާއްސަ ހިތާބު؛ ޖެހިލުމެއް ނެތި ކޮރަޕްޝަން ހިންގަމުން ދަނީ ގައުމިއްޔަތަށް ނުރައްކާވާ މިންވަރަށް

އަދަދު

24 އޯގަސްޓު 2025 | އާދިއްތަ | 6:33

ރާއްޖޭގައި އެއްވެސް ޖެހިލުމެއް ނެތި ކޮރަޕްޝަން ހިންގަމުންދަނީ ގައުމިއްޔަތަށް އޭގެ ނުރައްކާ ކުރާ މިންވަރަށް ކަމަށް އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެންބަރު، އަހުމަދު ސިޔާމް އަހުމަދު އިއްޔެ ވިދާޅުވި އެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ސިޔާމް ނެރުއްވި ހިތާބުގައި ވިދާޅުވީ ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން ދާއިރު ދައުލަތުގެ އިދާރާތަކުން އެކަމަށް ސަމާލުކަން ދީ ފިޔަވަޅުތައް އަޅަމުން ނުތާދީ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވީ އޭގެ ސަބަބުން ރާއްޖޭގެ ގައުމިއްޔަތާއި މިނިވަން ކަމަށް ނުރައްކާވާނެ ކަމަށެވެ.

"ދުރާލައި ރޭވިގެން ހިންގަމުންދާ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް އެއްވެސް ޖެހިލުމެއްނެތި ކުރުމަކީ އާދައިގެ ކަމަކަށް ވެފައިވާކަން ފާހަގަކުރަން. މިފަދަ ކަންކަން ބަލައި ފިޔަވަޅު އެޅުމަށް އުފައްދާފައިވާ ދައުލަތުގެ އިދާރާތަކުން މިފަދަ ކަންކަމާމެދު އެކަށީގެންވާ ސަމާލުކަމެއް ދެމުން ނުދާކަން ހިތާމައާއެކު ފާހަގަކުރަން،" ސިޔާމް ވިދާޅުވި އެވެ.

މައުޟޫޢުތަށް