އަހުމަދިއްޔާ ސްކޫލަށް މިދިޔަ ފަސް އަހަރުގެ ތެރޭގައި ސަރުކާރުގެ ބަޖެޓުން 100 މިލިއަން ހަރަދުކުރި
އަދަދު
25 އޯގަސްޓު 2025 | ހޯމަ | 12:15
ވޭތުވި ފަސް އަހަރުގެ ތެރޭގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް ދައުލަތުގެ ބަޖެޓުން 100 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތު ދީފި އެވެ.
'އަދަދު'ގެ ނޫސްވެރިޔަކު ހުށަހެޅި އާރުޓީއައިއެއްގެ ޖަވާބުގައި މިނިސްޓްރީން ފޯރުކޮށްދިން މައުލޫމާތުގައި ބުނި ގޮތުގައި، އަހުމަދިއްޔާ ސްކޫލުން އޭލެވަލް ކިޔަވާ ދަރިވަރުންގެ ފީތަކާއި ޕްރީސްކޫލް ކުދިންގެ ފީތަކާއި ބައެއް ޓީޗަރުންގެ މުސާރައިގެ އިތުރުން ޓީޗަރުންގެ އެހެނިހެން ހަރަދުތަކަަށް ވެސް ފައިސާ ދޫކުރެ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ވަނީ 2020 އިން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އަހުމަދިއްޔާއަށް ދޫކުރި ފައިސާގެ އަދަދުތައް ހިއްސާކޮށްފަ އެވެ. މި އަދަދުތަކުން ދައްކާ ގޮތުގައި، މައުލޫމާތު ދިން މުއްދަތުގެ ތެރޭގައި އަހުމަދިއްޔާއަށް ދޫކުރި ފައިސާގެ އަދަދު ވަނީ 78 ޕަސެންޓު އިތުރުވެފަ އެވެ.