މަގު ހެދުމުގެ މަސައްކަތް ކުރާ އާރުޑީސީއާ ހަވާލުކުރި ހަނިމާދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފި
އަދަދު
25 އޯގަސްޓު 2025 | ހޯމަ | 10:53
މަގު ހެދުމުގެ މަސައްކަތް ކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން ސަރުކާރުން ހދ. ހަނިމާދޫގައި އަޅާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
އެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށީ ރައީސް މުހައްމަދު މުއިއްޒު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު ހެދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާއި، މަސައްކަތް ހަވާލުކޮށްފައިވާ އާރްޑީސީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް އެވެ. ހަނިމާދޫގައި އަޅަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.