ހދ. އަކީ ފައްކާ ކަމާއެކު ޓޫރިޒަމް ހިނގާ އަތޮޅަކަށް ހަދާނަން: މުއިއްޒު

އަދަދު

25 އޯގަސްޓު 2025 | ހޯމަ | 12:58

ހދ. އަތޮޅަކީ ޓޫރިޒަމް ނެތް އަތޮޅެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެ އަތޮޅަކީ ފައްކާ ކަމާއެކު ޓޫރިޒަމް ހިނގާ އަތޮޅަކަށް މި ސަރުކާރުން ހަދާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހދ. ގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު ހެދުނު ނާވައިދޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، އެ އަތޮޅުގައި ޓޫރިޒަމް ފައްކާ ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެ މަސައްކަތްތަކުގެ ނަތީޖާ ކުރިއަށް އޮތްތަނުގައި ފެންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ މި އަތޮޅުގަ މިހާތަނަށް މި އޮތް. ޓޫރިޒަމް ނެތި މިދާ ލޭބަލް ކަނޑުވާލަދީ، ޓޫރިޒަމް ފައްކާ ކަމާއެކު ހިނގާ އަތޮޅަކަށް ހެދުމަށް،" މުއިއްޒު ވިދާޅުވި އެވެ.

މައުޟޫޢުތަށް