ހުޅުމާލޭ ވޯޓާ ތީމްޕާކް ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ
އަދަދު
25 އޯގަސްޓު 2025 | ހޯމަ | 7:03
ހުޅުމާލޭ ވޯޓާ ތީމް ޕާކް ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ ވޯޓާ ތީމް ޕާކް ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެމީހާއާ ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެގޮތުން މަރުވެފައި އޮއްވާ ފެނުނީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް މިހާތަނަށް ސާފުވެފައެއް ނުވެ އެވެ.