ވޯޓާ ތީމް ޕާކް ސަރަހައްދުން މަރުވެފައި އޮއްވައި ފެނުނީ ގެއްލިގެން ހޯދަމުންދިޔަ ބިދޭސީއެއް ކަމަށް ބެލެވޭ
އަދަދު
26 އޯގަސްޓު 2025 | އަންގާރަ | 8:41
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުހަށް އޮންނަ ވޯޓާ ތީމް ޕާކު ސަރަހައްދުގައި މަރުވެފައި އޮއްވާ ރޭ ފެނުނީ ގެއްލިގެން ހޯދަމުންދިޔަ ބިދޭސީއެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފި އެވެ.
އޭނާގެ ހަށިގަނޑު ފެނިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާން ފެށީ ރޭ އިރާކޮޅު އެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ ފިރިހެނެއް ކަމަށެވެ. އޭނާގެ ހަށިގަނޑު އޮތީ ކުނިވެފައިވާ ކަމަށާއި އެއީ ކާކުކަން މިހާތަނަށް ކަށަވަރު ކުރެވިފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.