ހައްޖު ކޯޕަރޭޝަނުން ބުނަނީ ލީކުވެގެން އުޅެނީ ސައްހަ ހައްޖު ލިސްޓެއް ނޫން ކަމަށް
އަދަދު
26 އޯގަސްޓު 2025 | އަންގާރަ | 11:33
ހައްޖު ލިސްޓު ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިހާރު ދައުރު ކުރަމުން ދަނީ އުނިއިތުރުތަކެއް ގެނެސްފައިވާ ސައްހަ ނޫން ލިސްޓެއް ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުކުރަމުންދާ ލިސްޓާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޝަކީލް ވިދާޅުވީ 2024 ގައި ފައިސާ ދެއްކި ބަޔަކަށް އަންނަ އަހަރު ހައްޖަށް ދެވޭނެ ކަމަށް ބުނެ ފަތުރަމުން ދަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
"[ދައުރު ކުރަމުން ދަނީ] ސައްހަ ލިސްޓެއް ނޫން، އުނިއިތުރުތަކެއް ގެނެސްފައިވާ ލިސްޓެއް،" ޝަކީލް ވިދާޅުވި އެވެ.