ކިޔަވަން ދިން ފުރުސަތުގައި ނުކިޔަވައި ބޮންޑު ވެސް ފުރިހަމަނުކުރުމުން ހަތްލައްކަ ރުފިޔާ ދައްކަން ޖެހިއްޖެ

އަދަދު

26 އޯގަސްޓު 2025 | އަންގާރަ | 3:44

އެސްޓީއޯގެ ސްޕޮންސާގައި ކިޔަވަން ދިން ފުރުސަތުގައި ނުކިޔަވައި އެ ކުންފުންޏާއެކު ވެފައި އޮތް ވަޒީފާގެ ބޮންޑުގެ މުއްދަތު ވެސް ފުރިހަމަނުކޮށް ވަޒީފާއިން ވަކިވި މުވައްޒަފަކު އެ ކުންފުންޏަށް ހަތް ލައްކަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

މަރިޔަމް ހަނާން، މ. މިރިހިމާގެ، މާލެ، ގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ކޮށްފައިވާ ހުކުމުގައި އަންގާފައި ވަނީ އިއްޔެއިން ފެށިގެން 14 ދުވަހުގެ ތެރޭގައި 770،311ރ. އެސްޓީއޯއަށް ދެއްކުމަށެވެ.

އެ ފައިސާއަކީ މީގެ 15 އަހަރު ކުރިން 2010 ވަނަ އަހަރު އެސްޓީއޯގެ ހަރަދުގައި ކިޔެވުމަށްވެފައި އޮތް އިގުރާރުގެ ދަށުން އޭނާ ކިޔެވި ކޯހަށް އެސްޓީއޯއިން ދެއްކި ފައިސާގެ ތެރެއިން ޑިސެމްބަރު 16، 2024 ގެ ނިޔަލަށް ހަނާން ނުދައްކާ ހުރި ފައިސާ އެވެ.

މައުޟޫޢުތަށް