ގޭންގު ގާނޫނާއެކު ނުހައްގުން ހޯދާފައިވާ މުދާ ދައުލަތަށް ނަގަން މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުނެފި

އަދަދު

26 އޯގަސްޓު 2025 | އަންގާރަ | 6:18

އިއްޔެ އަމަލުކުރަން ފެށި ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނާއެކު ނުހައްގު މުއްސަދިކަމުގެ މައްސަލަތައް ބަލައި، ކުށްކޮށްގެން ހޯދާފައި ހުރި މުދާތައް ދައުލަތަށް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިއަދު ނެރުނު ނޫސް ބަޔާނެއްގައި، އައު ގާނޫނުން ބޮޑެތި ބާރުތަކެއް ލިބިދީފައިވާ ފުލުހުންގެ ހިދުމަތުން ބުނީ އެ ގާނޫނު ތަންފީޒުކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު ކުރާ މި މަސައްކަތުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދޭ ކަންކަމުގެ ތެރޭގައި ނުހައްގު މުއްސަނިދކަން ހުއްޓުވާ، ދައުލަތަށް މުދާ ނެގުން ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން، ހައި ކޯޓު މެދުވެރިކޮށް ގޭންގުތަކުގެ މެންބަރުން މޮނީޓާ ކުރުމުގެ އަމުރުތައް ހޯދުމާއި ގޭންގުތަކުގެ އަމަލުތަކުގައި ކުޑަކުދިންގެ ބައިވެރިވުން ހުއްޓުވުމަށް އަމުރުތަކަކަށް އެދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް