ހަފުތާ 14 ގައި ހިމެނޭ ކުޅުދުއްފުށީ އެއާޕޯޓު ޓާމިނަލްގެ ބިންގާ އަޅައިފި
އަދަދު
27 އޯގަސްޓު 2025 | ބުދަ | 7:22
ރައީސް މުހައްމަދު މުއިއްޒުގެ ފުރަތަމަ 100 ދުވަސް (ހަފުތާ 14) ގެ ތެރޭގައި ފެށި ކަމަށް ކަނޑައަޅާފައި އޮތް ހދ. ކުޅުދުއްފުށީ އެއާޕޯޓްގެ ޓާމިނަލްގެ ބިންގާ ކައުންސިލް އިންތިހާބު ބޯމަތިވުމުން އިއްޔެ އަޅައިފި އެވެ.
މިދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި މި މަޝްރޫއު ހިމެނި އެވެ. ދައުލަތުގެ މިއަހަރުގެ ބަޖެޓުަގައި ތަފްސީލުތައް ހިމަނާފައި ނެތުމުން ކުޅުދުއްފުށީ އެއާޕޯޓުގެ ޓާމިނަލް މިއަހަރަށް ބެޖެޓުކޮށްފައި އޮތްކަން ކަށަވަރެއް ނުވެ އެވެ.
ނަމަވެސް އަދަދު ނޫހަށް ފެނިފައިވާ ބައެއް ލިޔުންތަކުގައި މިއަހަރުގެ ބަޖެޓުގައި އެ މަޝްރޫއުއަށް 5.7 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.