ބިލުގެ ބޭނުމަކީ ސަރުކާރު ނުރުހޭ މީޑިއާތައް ބަންދުކޮށް، ހުދުމުހުތާރު ވެރިކަމަކަށް ޖާގަދިނުން: އައްބާސް

އަދަދު

27 އޯގަސްޓު 2025 | ބުދަ | 10:38

މިނިވަން މީޑިއާ ނެތިކޮށްލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ބޭނުމަކީ ސަރުކާރު ނުރުހޭ މީޑިއާތައް ބަންދުކޮށް ހުދުމުހުތާރު ވެރިކަމަކަށް ޖާގަ ދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ، ބިލުގެ މައިގަނޑު އެއް ބޭނުމެއްގެ ގޮތުގައި އޭނާއަށް ފެންނަނީ ސަރުކާރުގެ މުއައްސަސާތަކުން ކުރާ ވައްކަންތައް ފޮރުވައި، ނޫސްވެރިންނަށް އަދަބު ދީ، ހުދުމުހުތާރު ވެރިކަމަކަށް ޖާގަ ދިނުން ކަމަށެވެ.

"ދައުލަތުގެ މުއައްސަސާތަކުން ވައްކަން ކުރީމަ އެކަންތައް ހޯދާ ބަލައި މީޑިއާތަކުގައި ލިޔަން ތިބި ބޭފުޅުންގެ ހަތަރެސްފައި ބަންދުކޮށް ކަސްތޮޅު އަޅައި އެބޭފުޅުން ޖަލަށްލައި، އެބޭފުޅުންނަށް އަދަބު ދީ، ސަރުކާރު ނުރުހޭ ކޮންމެ މީޑިއާއެއް މާލީ ގޮތުން ދަތިކޮށް ޖެއްސުންކޮށް ބަންދުކޮށް ހުދުމުހުތާރު ވެރިކަމަކަށް ޖާގަ ދިނުމަށް ހުށަހަޅާފައި އޮތް ބިލެއް މިއީ އިއްޒަތްތެރި ރައީސް،" އައްބާސް ވިދާޅުވި އެވެ.

މައުޟޫޢުތަށް