މީޑިއާ ބިލަކީ ކޮރަޕްޝަނާއި ފަސާދައިގަ މަތިޖަހަން ފާސްކުރާ ހީލަތްތެރި ބިލެއް: ޝާހިދު
އަދަދު
28 އޯގަސްޓު 2025 | ބުރާސްފަތި | 10:39
ސަރުކާރު ހިންގާ ޕީއެންސީ މެންބަރުންގެ ތާއިދާއެކު މަޖިލީހަށް ބަލައިގެނެ ކޮމިޓީ މަރުހަލާގައި އޮތް "މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން" ބިލައަކީ މިނިވަން މީޑިއާ އަށް މި ސަރުކާރުން އަތްބާނައި، ކޮރަޕްޝަނާއި ފަސާދާގައި މަތިޖެހުމަށް ކުރިޔަށް ގެންދާ ހީލަތްތެރި ބިލެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި އެ ބިލަކީ ސަރުކާރުން މިނިވަން ނޫސްވެރިކަން ކޮންޓްރޯލްކުރުމުގެ ބޭނުމުގައި ހުށަހެޅުއްވި ބިލެއް ކަމަށާއި އެ ބިލަކީ އިސްލާހު ކުރުމަށް ވުރެ މާ ގިނަ ގޯސްތައް ހުރި ބިލެއް ކަމަށް ބުނެ، ބިލް އަނބުރާ ގެންދިޔުމަށް ނޫސްވެރިން ވަނީ ގޮވާލައިފަ އެވެ.
ނަމަވެސް ނޫސްވެރިންގެ ހުށަހެޅުން ބަލައި ނުގަނެ ބިލް މަޖިލީހުގައި ކުރިއަށް ގެންދާން ނިންމުމުން، ކުރިން މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިވަން ޑިމޮކްރަސީއެއްގައި މިނިވަން މީޑިއާ ރެގިއުލޭޓް ކުރާންވާނީ ސެލްފު ރެގިއުލޭޓަރީ މެކޭނިޒަމެއްގެ ތެރެއިން. މަޖިލީހަށް ހުށަހަޅާފައިވާ މިބިލުގެ މުޅި މަހުފޫމް ބިނާ ކޮށްފައި އޮތީ، ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރުމަށް ކަމަށެވެ.