ލީކުވި މެއިލްތަކެއްގައި 2014 ވަނަ އަހަރު އެޕްސްޓީން އާއި ރާއްޖޭގެ ކުރީގެ ރައީސަކާ އެކު އޮތް ބައްދަލުވުމެއްގެ ވާހަކަ
އަދަދު
29 އޯގަސްޓު 2025 | ހުކުރު | 1:11
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ބޮޑު ރިންގެއް ހިންގަމުންދިޔަ ޖެފްރީ އެޕްސްޓީން އާއި ރާއްޖޭގެ ކުރީގެ ރައިސަކާ އެކު ބައްދަލުވުމެއް ތާވަލުކުރިކަން އިންޓަނެޓުގައި ލީކުކޮށްލި އީމެއިލްތަކަކުން ހާމަވެއްޖެ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރުކަން 1999 އިން 2001 އަށް ކުރި އިހުދު ބަރާކްގެ އީމެއިލްތަކެއް މީގެ ދެ ދުވަސް ކުރިން ވަނީ ޓެލެގްރާމްގައި ލީކުކޮށްލާފަ އެވެ. އެކަން ކުރި ކަމަށް ބެލެވެނީ އީރާންގެ އިންޓެލިޖެންސް ހިދުމަތްތަކާ ގުޅުން އޮތް ހެކަރުންގެ ގްރޫޕަކުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 2007 އިން 2016 އަށް އޭނާ ކޮށްފައިވާ އެެއްލައްކަށްއަށްވުރެ ގިނަ އީމެއިލް އެވެ.
"އައި ހޭވް ޕީޓާ ތިއެލް އޮން ދަ 19 އިން އެންވައި، އިފް ޔޫ ލައިކް، އޭޒް ވެލް އޭޒް ދަ ފޯމާ ޕްރެޒިޑެންޓް އޮފް ދަ މޯލްޑިވްސް،" އެޕްރީލް 28، 2014 ގައި އިހުދު ބަރާކް ކުރި އީމެއިލަކަށް ހަމަ އެ ދުވަހު ފޮނުވި ޖަވާބެއްގައި ވަކި ރައީސެއްގެ ނަން ހާމަނުކޮށް އެޕްސްޓީން ލިޔުނެވެ.