ވަހީދުގެ ވެރިކަމުގައި ސަރުކާރަށް 500 މިލިއަން ޑޮލަރުގެ ލޯނެއް ހޯދަން އެޕްސްޓީންގެ އެހީތެރިކަން ހޯދި

އަދަދު

29 އޯގަސްޓު 2025 | ހުކުރު | 3:21

ރައީސް މުހައްމަދު މުއިއްޒުގެ އެޑްވައިޒަރު، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ދިވެހި ސަރުކާރަށް 500 މިލިއަން ޑޮލަރުގެ ލޯނެއް ހަމަޖައްސައިދިނުމަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ބޮޑު ރިންގެއް ހިންގަމުންދިޔަ ޖެފްރީ އެޕްސްޓީން ގެ އެހީތެރިކަން ހޯދިކަން އެނގިއްޖެ އެވެ.

ވަހީދުގެ ވެރިކަމުގެ ތެރެއިން އެޕްސްޓީން އާއި ބައްދަލުކުރިކަން އެނގެން އޮތީ އެމެރިކާގެ ކޯޓެއްގައި ހިނގި ދައުވާއެއްގެ ލިޔެކިޔުންތަކުންނެވެ. އެއީ އެޕްސްޓީން ސެކްސް ޓްރެފިކިންގެ ބޭނުންތަކަށް އަދި އޭނާގެ ގާތް މީހުންނަށް ފައިސާ ބެހުމަށް އެހީތެރިވެދިން ކަމަށް ބުނެ ޖޭޕީ މޯގަން ޗޭސް ބޭންކް އާއި ދެކޮޅަށް ކުރި ދައުވާ އެވެ.

ޖުލައި 28، 2012 ގައި ލޯނު ހޯދުމުގައި އެހީތެރިކަމަށް އެދި ވަހީދު ފޮނުވި މެއިލްގައި ވިދާޅުވެފައިނީ ސަރުކާރުން 500 މިލިއަން ޑޮލަރުގެ ލޯނެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އާއި މަޝްވަރާ ކުރެއްވި ކަމަށާއި ލޯނު ބޭނުންވަނީ 10 އަހަރުން އަނބުރާ ދައްކާ ގޮތަށް ކަމަށް ވެސް ލިޔުއްވާފައިވެ އެވެ.

މައުޟޫޢުތަށް