މީޑިއާ ބިލަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރަން ސަރުކާރުން ކުރާ މަސައްކަތުގެ ބައެއް: ހިއުމަން ރައިޓްސް ވޮޗް
އަދަދު
29 އޯގަސްޓު 2025 | ހުކުރު | 5:57
މިނިވަން މީޑިއާ ނެތިކޮށްލަން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅައި ފާސްކުރުމުގެ މަސައްކަތް ކުރަމުންދާ ބިލަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ބައެއް ކަމަށް ހިއުމަން ރައިޓްސް ވޮޗުން ބުނެފި އެވެ.
އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ހިއުމަން ރައިޓްސް ވޮޗުން މިއަދު ބުނީ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާ ބިލުން މިނިވަން ނޫސްވެރިކަން ހަނި ކުރުމުގެ ފުރުސަތު ފަހިވާ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު 2023، ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ގެންދަވަނީ އިންސާނީ ހައްގުތައް ނިގުޅައިގަންނަމުން، އެންމެ ފުރަތަމަ ނިގުޅައިގަންނަ ހައްގަކަށް މިވީ ނޫސްވެރިކަމުގެ މިނިވަންކަން،" ހިއުމަން ރައިޓްސް ވޮޗުގެ އޭޝިއާ ޑިރެކްޓަރު، އިލެއިން ޕިއާސަން ވިދާޅުވި އެވެ.