ދައުލަތުގެ ހަރަދުތަކާއި އާމްދަނީގެ ހިސާބުތައް ހާމަނުކުރާތާ ތިން ހަފުތާ

އަދަދު

30 އޯގަސްޓު 2025 | ހޮނިހިރު | 11:56

ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު ނެރޭ މާލީ ރިޕޯޓު ނެރުން އަނެއްކާވެސް މެދުކެނޑި މާލީ ހިސާބުތައް ހާމަނުކުރާތާ ތިން ހަފުތާ ވެއްޖެ އެވެ.

ފިނޭންސުން އެންމެ ފަހުން ވީކްލީ ފިސްކަލް ރިޕޯޓު ނެރުނީ އޮގަސްޓު 14، ގަ އެވެ. އެ ފަހަރު އާންމުކުރީ މި މަހުގެ 7، އާ ހަމައަށް ހިނގާފައިވަ ހަރަދުތަކާއި ލިބުނު އާމްދަނީ ތަފުސީލެވެ. އޭގެ ފަހުން ވޭތުވެދިޔަ ތިން ހަފުތާގައި ދައުލަތަށް ލިބުނު ފައިސާ އާއި ކުރި ހަރަދުތަކުގެ ތަފުސީލު އެނގޭނެ ގޮތެއް ނެތެވެ.

މިއީ ވޭތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި މާލީ ހިސާބުތައް ހާމަކުރުން ހުއްޓާލި ދެވަނަ ފަހަރަށެވެ. މިދިޔަ މަހު ވެސް ދެ ހަފުތާއެއް ވަންދެން އެ ހިސާބުތައް އާންމުކުރުން ހުއްޓާލި އެވެ. އެފަހަރު ވެސް ހިސާބުތައް ހާމަކުރީ އެ ވާހަކަ ނޫހުގައި ޖެހުމުންނެވެ.

މައުޟޫޢުތަށް