މި ސަރުކާރަށް ރެއާއި ދުވާލު ވައްކަން ކުރުން ފިޔަވައި އިތުރު ކަމެއް ކުރާކަށް ނޭނގޭ: ގަޕޯ
އަދަދު
30 އޯގަސްޓު 2025 | ހޮނިހިރު | 1:49
މި ސަރުކާރަށް ރެއާއި ދުވާލު ވައްކަން ކުރުން ފިޔަވައި އިތުރު ކަމެއް ކުރަން ނޭގޭ ކަމަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ބޮނޑިބަތް ޕާކް ކަންމަތީގައި ބޭއްވި ހަރުގެ ޖަލްސާގައި ގަޕޯ ވިދާޅުވީ އޭނާގެ ދާއިރާގައި ބައެއް މަޝްރޫއުތައް ހިންގަން ސަރުކާރުން ވައުދުވެފައިވާއިރު، އޭގެއިން އެއްވެސް ކަމެއް މި ސަރުކާރުން ކުރާނެހާ ވެސް ކަމަކީ ރެއާއި ދުވާލު ވައްކަން ކުރުން ކަމަށެވެ.
"އަޅުގަނޑު ދާއިރާގައި ފިނޭގައި ވެސް މަގުހަދައިދޭން ބުނި. އެކަމެއް ނުވާނެ. ނުކުރެވޭނެ. ހަނިމާދޫގައި ހޮސްޕިޓަލެއް އަޅަން ބުނި. އެކަމެއް ވެސް ނުކުރެވޭނެ. ނާވައިދޫގައި ފަޅު ހިއްކައި ރިވެޓްމަންޓް ޖަހައިދޭން ބުނި. އެކަމެއް ނުވާނެ މި ސަރުކާރަކަށް،" ގަޕޯ ވިދާޅުވި އެވެ.