ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ހިމެނޭ ކައިޒާންއަށް 7.2 މިލިއަން ރުފިޔާ ދައްކަން ޖެހިއްޖެ

އަދަދު

30 އޯގަސްޓު 2025 | ހޮނިހިރު | 1:34

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ހިމެނޭ ކައިޒާން އިންވެސްޓްމަންޓްސްއަށް 7.2 މިލިއަން ރުފިޔާ ދައްކަން އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމެއް އިއްވައިފި އެވެ.

ކައިޒާން އިންވެސްޓްމަންޓަކީ އިސްމާއިލް ޒާހިދު ކިޔާ މީހެއްގެ އަމިއްލަ ވިޔަފާރިއެކެވެ. މި މައްސަލައިގައި ހިމެނޭ އައިސް ޕްލާންޓަކީ އޭނާ ލ. މާމެންދޫގައި ގާއިމުކުރި އައިސްޕްލާންޓެކެވެ. މި އައިސް ޕްލާންޓު ގަންނަން ފެނަކައިން އެއްބަސްވީ 11.3 މިލިއަން ރުފިޔާއަށެވެ.

ޒާހިދު ކޯޓަށް މައްސަލަ ހުށަހެޅީ އައިސްޕްލާންޓަށް ދައްކަން ބުނި ފައިސާގެ ތެރެއިން ނުދައްކައިވާ 7.2 މިލިއަން ރުފިޔާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 580،155.68ރ. އާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި އެއް ލައްކަ ރުފިޔާ ހިމެނޭހެން ޖުމުލަ 7.9 މިލިއަން ރުފިޔާ ނަގައިދިނުމަށް އެދި އެވެ.

މައުޟޫޢުތަށް