އާރުޓީއެލްގެ ހިދުމަތް ދޭން 488 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކޮށްފި

އަދަދު

31 އޯގަސްޓު 2025 | އާދިއްތަ | 8:41

ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅާލަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ހަރަދަށް މިހާތަނަށް 488.8 މިލިއަން ރުފިޔާ ސަރުކާރުން ހޭދަކޮށްފި ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، މައުލޫމާތު ހޯދަން ހުށަހެޅުމުން ޓްރާންސްޕޯޓު މިނިސްޓްރީން ދިން ޖަވާބުގައި ވަނީ، ފެބްރުއަރީ، 2022، އިން ފެށިގެން އޮގަސްޓު 26، 2025، ގެ ނިޔަލަށް އާރުޓީއެލްގެ ހިދުމަތް ދޭން ޖުމުލަ 488.8 މިލިއަން ރުފިޔާ ހޭދަކުރިއިރު، އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ އެންމެ 105.6 މިލިއަން ރުފިޔާ ކަމަށެވެ.

އެމްޑީޕީގެ ސަރުކާރުން އާރުޓީއެލްގެ ހިދުމަތް ފެށީ ސަރުކާރުން ސަބްސިޑައިޒްކޮށްގެން ހިންގާ ގޮތަށެވެ. ސަބަބަކީ އަތޮޅުތަކުގައި ދަތުރުފަތުރުގެ ހަރަދުތައް ކުޑަކޮށް، ފަރުދުންގެ އިޖުތިމާއީ އަދި ވިޔަފާރީގެ މަންފާ އިތުރުކޮށް ދިނުމުގެ ބޭނުމުގަ އެވެ.

މައުޟޫޢުތަށް