ދޮންފަނު ބިން ހިއްކައި ހަނިފަރުން އެންމަޑިތައް ފައްސާލުމުން ލިބޭނެ ގެއްލުންތަކާ މެދު ކަންބޮޑުވުން

އަދަދު

31 އޯގަސްޓު 2025 | އާދިއްތަ | 2:21

ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާތީ 2011 ވަނަ އަހަރުން ފެށިގެން ހިމާޔަތްކޮށްފައިވާ ހަނިފަރު ބޭ އާ އެންމެ ކައިރިން އޮންނަ ބ. ދޮންފަނުގެ ބިން ހިއްކުމުގެ މަޝްްރޫއުގެ ސަބަބުން އެ ސަރަހައްދުގެ ގުދުރަތީ ވެއްޓަށާއި ވަށައިގެންވާ ރަށްރަށުގެ އިގުތިސާދުތަކަށް ބޮޑެތި ގެއްލުންތަކެއް ވާނެތީ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ދޮންފަނަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލު ކުރުމަށް އެ ރަށުން 13 ހެކްޓަރުގެ ބިން ހިއްކުމަށް އެމްޓީސީސީއާ ސަރުކާރުން ވަނީ ހަވާލުކޮށްފަ އެވެ. މި މަހުގެ 13 ވަނަ ދުވަހު އެ މަޝްރޫއުގައި ސޮއިކުރީ ރައީސް މުހައްމަދު މުއިއްޒު އެ ރަށަށް ވަޑައިގެންނެވި ދަތުރުގަ އެވެ. އެންމެފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި ދޮންފަނުގެ އާބާދީއަކީ 398 އެވެ.

"ބިމުގެ ޖާގަ ވަރަށް ދަތި. އެހެންވީމާ، މި މަޝްރޫއު އެކީގައި، ގާތްގަނޑަކަށް 13 ހެކްޓަރުގެ ބިން މި ހިއްކެނީ. 13 ހެކްޓަރުގެ ބިން އިތުރުވެގެންދިޔައީމަ، ތިޔަބޭފުޅުންގެ ބިމުގެ ދަތިކަމަށް، މި ރަށުގެ ފަޅުތެރެއިން ޙައްލު ގެނެވެން އޮތް އެންމެ ބޮޑަކަށް، ހައްލު އެ ގެނެވުނީ،" މުއިއްޒު ވިދާޅުވި އެވެ.

މައުޟޫޢުތަށް