މީޑިއާ ނެތިކޮށްލާ ބިލު ޑްރާފްޓު ކުރުމުގެ ކުރިން ދިރާސާއެއް މަޝްވަރާއެއް ކޮށްފައި ނުވާތީ ބްރޯޑްކޮމްގެ ކަންބޮޑުވުން

އަދަދު

31 އޯގަސްޓު 2025 | އާދިއްތަ | 12:06

މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ޑްރާފްޓު ކުރުމުގެ ކުރިން ދިރާސާއެއް މަޝްވަރާއެއް ކޮށްފައި ނުވާތީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ހުށަހެޅުމުގެ ކުރިން މަޝްވަރާ ނުކުރާތީ ބްރޯޑްކޮމްގެ މެންބަރުން ކަންބޮޑުވުން ފާޅުކުރީ އެ ބިލު ދިރާސާ ކުރުމަށް މިއަދު ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުވެ ވާހަކަދައްކަމުންނެވެ.

ކޮމިޓީގައި ވާހަކަަ ދައްކަވަމުން ބްރޯޑްކޮމްގެ ރައީސް, ސަފާ ޝަފީގު ވިދާޅުވީ އެ ބިލު މަޖިލީހަށް ހުށަހެޅުމުގެ ކުރިން ބްރޯޑްކާސްޓިން ކޮމިޝަނާ ބައްދަލު ކޮށްފައި ނުވާ ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.

މައުޟޫޢުތަށް