އެސްސީއޯގެ ހަވާސާގައި މުއިއްޒު އާއި މޯދީ ބައްދަލުކުރައްވައިފި

އަދަދު

31 އޯގަސްޓު 2025 | އާދިއްތަ | 6:42

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްއީއޯ) ސަމިޓުގެ ހަވާސާގައި ރައީސް މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވައިފި އެވެ.

މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުއިއްޒުއާ ބައްދަލުކުރައްވާފައިވާ ކަމަށާއި ރާއްޖެއާ ދެމެދު އޮތް ތަރައްގީގެ ގުޅުމަކީ އިންޑިއާގެ ރައްޔިތުންނަށް ފައިދާހުރި ގުޅުމެއް ކަމަށެވެ.

އެ ބައްދަލުވުމާ ގުޅޭގޮތުން މުއިއްޒު ވެސް އަދި ރައީސް އޮފީހުން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

މައުޟޫޢުތަށް