ހުލާސާކޮށް އިއްޔެ: މިނިވަން މީޑިއާ ނައްތާލާ ބިލް ފާސްކުރިޔަސް ތަންފީޒެއް ނުކުރެވޭނެ

އަދަދު

1 ސެޕްޓެމްބަރު 2025 | ހޯމަ | 6:54

މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ޑްރާފްޓު ކުރުމުގެ ކުރިން ދިރާސާއެއް މަޝްވަރާއެއް ކޮށްފައި ނުވާތީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ކަންބޮޑުވުން އިއްޔެ ފާޅުކުރި އެވެ. އަދި އެ ބިލް މިހާރު އޮތް ގޮތަށް ފާސްކޮށް ގާނޫނަކަށް ހެދިޔަސް ތަންފީޒު ކުރެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ހުށަހެޅުމުގެ ކުރިން މަޝްވަރާ ނުކުރާތީ ބްރޯޑްކޮމްގެ މެންބަރުން ކަންބޮޑުވުން ފާޅުކުރީ އެ ބިލު ދިރާސާ ކުރުމަށް މިއަދު ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުވެ ވާހަކަދައްކަމުންނެވެ.

ކޮމިޓީގައި ވާހަކަަ ދައްކަވަމުން ބްރޯޑްކޮމްގެ ރައީސް, ސަފާ ޝަފީގު ވިދާޅުވީ އެ ބިލު މަޖިލީހަށް ހުށަހެޅުމުގެ ކުރިން ބްރޯޑްކާސްޓިން ކޮމިޝަނާ ބައްދަލު ކޮށްފައި ނުވާ ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.

މައުޟޫޢުތަށް