ފަލާހު ދެއްކި ވާހަކައަށް ޕީޖީގެ ލަފައެއް ފުލުހުން ހޯދަނީ ލަނޑެއް ދޭން: ޔާމީން

އަދަދު

1 ސެޕްޓެމްބަރު 2025 | ހޯމަ | 1:57

ބައެއް މީޑިއާތަކުން މަސައްކަތް ކުރާ ގޮތުން އެ މީޑިއާގެ މުވައްޒަފުން އުލުބައިންދަން ޖެހޭ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު ވިދާޅުވި މައްސަލަ ތަހުގީގުކުރުމާމެދު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ ލަފައެއް ހޯދަނީ ލަނޑެއް ދިނުމުގެ ނިޔަތުގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ބައްދަލުވުމެއްގައި ޔާމީން ވިދާޅުވީ ފަލާހު ވިދާޅުވި ވާހަކައާ ގުޅިގެން މައްސަލަ ތަހުގީގު ކުރުމުގެ ބަދަލުގައި، މައްސަލަ ތަހުގީގު ކުރުމާމެދު ގާނޫނީ ލަފައެއް ޕީޖީން ހޯދަނީ ޕީޖީ، އައްބާސް ޝަރީފަށް ލަނޑެއް ދިނުމަށް ކަމަށެވެ.

"އުލުބައިންދަނީ ކީހިނެއްތޯ ބަލަން ބަސްފޮތް ހޯދަން ދާންވީކީ ނަސީރު ކައިރިއަކަށެއް ނޫން. މިއީ ހަމަ ބަލަން ޖެހޭ ކަމެއް ބެލޭނެ ކަމެއް. އެނގޭތޯ. އެހެންވީމަ މަގު ދިއްކުރަން މިހާރު އެހެރަ ޕްރޮސެކިއުޓާ ޖެނެރަލްއަށް ލަނޑެއް ދޭން،، ކެއްސެއް ދޭން ނޫން ގޮތަކަށް އަޅުގަނޑަކަށް ސިފައެއް ނުވެއޭ،" ޔާމީން ވިދާޅުވި އެވެ.

މައުޟޫޢުތަށް