އިދިކޮޅު ޕާޓީގެ ރައީސްގެ މައްސަލަތަކެއް ވަރަށް އަވަހަށް ބަލަން ފަށާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު ވިދާޅުވެއްޖެ
އަދަދު
2 ސެޕްޓެމްބަރު 2025 | އަންގާރަ | 9:27
އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުގެ މައްސަލަތަކެއް ވަރަށް އަވަހަށް ބަލަން ފަށާނެ ކަމަށް ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
ޝާހިދުގެ މައްސަލަތަކެއް ބަލަން ފަށާނެ ކަމަށް ފަލާހު އިއުލާން ކުރެއްވީ އެކްސްގައި ޝާހިދު ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ. ޝާހިދު އެކްސްގައި ޕޯސްޓެއް ކުރެއްވީ އެމްޑީޕީ އިން އޮކްޓޯބަރު 3، ގައި މުޒާހަރާއެއް ކުރަން ނިންމުމުން އެކަމާ ގުޅޭ ގޮތުންނެވެ.
"މުޅި ގައުމު އެއްކޮށް ދަވާލައިގެން ތިބެ ބަލާބަލަ ދައްކާ ވާހަކަ ރީއްޗެއްނު. ކޮށްފަހުރި ވައްކަންތައް މިހާރު ބަލަންފަށާތި ތިއުޅެނީ ގައުމު ހަލަބޮލި ކުރަން،" ފަލާހު ވިދާޅުވެފައިވެ އެވެ.