ޒުންނަވާރުގެ އިތުރު މައްސަލައެއް، މިފަހަރު ފިލީ ސިޓީއެއް ލިޔަން ފައިސާ ނެގުމަށް ފަހު
އަދަދު
2 ސެޕްޓެމްބަރު 2025 | އަންގާރަ | 11:34
ބާ ކައުންސިލުން ހުއްދަ ހިފަހައްޓާފައިވާ ގާނޫނީ ވަކީލު ޒުންނަވާރު ސަލީމް ގާނޫނީ ހިދުމަތް ދިނުމަށާއި ސިޓީއެއް ލިޔުމަށް ފައިސާ ނެގުމަށް ފަހު ފިލި މައްސަލައެއްގައި އެ ފައިސާ ދެއްކުމަށް އޭނާގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ހަފީޒާ އަބްދުލްޣަނީމް، ގ. ގްރީންބީންސް، މާލެ، ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ޒުންނަވާރުގެ މީނާޒް ލޯ ފާމުން ހޯދަން އެދުނު ގާނޫނީ ހިދުމަތް ހަ މަސްދުވަސްވީއިރު ވެސް ފޯރުކޮށްދީފައި ނުވާ ކަމަށެވެ. އެ މައްސަލާގައި އެޑްވާންސްގެ ގޮތުގައި 5،000ރ. އަދި ކުންފުންޏަކަށް ސިޓީއެއް ލިޔެދިނުމަށް 1،000ރ. ހަފީޒާ ދެއްކި އެވެ.
އެ މަސައްކަތާ ހަވާލުވި ޒުންނަވާރު ފޯނު ނުނަގާ ކަމަށާއި އަދި މައްސަލަ ކޯޓަށް ހުށަހެޅޭނެ ދުވަހެއް ވެސް އަންގާފައި ނުވާ ކަމަށް ދައުވާއިން އެނގެ އެވެ.