މި މަހު 11 ގައި މޯލްޑިވިއަންއިން ކަމަދޫއަށް ސީޕްލޭން ދަތުރުތައް ފަށަނީ
އަދަދު
3 ސެޕްޓެމްބަރު 2025 | ބުދަ | 10:24
މި މަހު 11 ގައި ބ. ކަމަދޫއަށް ސީޕްލޭން ދަތުރުތައް ފަށަން ހަމަޖެހިފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
އެކްސްގައި މޯލްޑިވިއަނުން ކުރި ޕޯސްޓެއްގައި ބުނީ މި މަހު 11 ވަނަ ދުވަހުން ފެށިގެން ކޮންމެ ހަފުތާއެއްގެ ވެސް ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހު ކަމަދޫއަށް ސީޕްލޭން ދަތުރުތައް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
ކަމަދޫއަށް ސީޕްލޭން ދަތުރުތައް ފަށަން ނިންމާފައި ވަނީ ހޯކްސް ހޮޓެލްސް އާއި މޯލްޑިވިއަން ގުޅިގެންނެވެ. ކަމަދޫއަށް ސީޕްލޭންގެ ހިދުމަތް ފެށުމުގެ އެއްބަސްވުމުގައި އެ ދެ ކުންފުނީގެ ދެމެދުގައި ސޮއިކުރީ އޯގަސްޓު 11، ގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އެ ރަށަށް ވަޑައިގަތުމާ ގުޅިގެން ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިންނެވެ.