އެއާޕޯޓު ވީއައިޕީ ހިދުމަތަށް މަޖިލީހުން 1.4 މިލިއަން ހަރަދުކުރި، ނާއިބުރައީސް 133 ފަހަރު ހިދުމަތް ހޯދި

އަދަދު

3 ސެޕްޓެމްބަރު 2025 | ބުދަ | 11:52

ވިހި ވަނަ މަޖިލީހުގެ މެންބަރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލޯންޖު ބޭނުން ކުރުމަށް ފުރަތަމަ 14 މަސްދުވަހުގެ ތެރޭގައި 1.4 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އާންމު މީހަކު ހޯދަން ހުށަހެޅި ސުވާލަކަށް ރައްޔިތުންގެ މަޖިލީހުން ދިން ޖަވާބުގައި ބުނީ މިދިޔަ އަހަރުގެ މެއި 28 އިން މި އަހަރުގެ ޖުލައި 31، އާ ހަމައަށް މަޖިލިސް މެންބަރުންގެ ތެރެއިން 76 ބޭފުޅަކު އެއާޕޯޓުގެ ވީއައިޕީ ހިދުމަތްތައް ބޭނުން ކޮށްފައިވާ ކަމަށާއި އެކަމަށް އެ އިދާރާއިން ޖުމުލަ 1.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން މަޖިލިސް މެންބަރުންނާއި އެ މެންބަރުންގެ އާއިލާއިން އެއާޕޯޓުގެ ވީއައިޕީ ބޭނުން ކުރުމުގެ ހަރަދު ދައްކާނީ މަޖިލީހުގެ އިދާރާއިންނެވެ.

މައުޟޫޢުތަށް