ފެށި ނަމަވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި ކަށިމިޔަރުގެ މަސްވެރިކަން ހުއްޓާލަން ޖެހިދާނެ
އަދަދު
3 ސެޕްޓެމްބަރު 2025 | ބުދަ | 12:18
ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރި ނަމަވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ މަސައްކަތް ހުއްޓާލަން ޖެހިދާނެ ކަމަށް ތަޖުރިބާކާރުން ބުނެފި އެވެ.
އަންނަ ނޮވެމްބަރު 1، އިން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރާނެ ކަމަށް އޯގަސްޓު 26، ގައި އިއުލާނު ކުރެއްވީ ރައީސް މުހައްމަދު މުއިއްޒެވެ.
އެކަމަކު، ރާއްޖެއިން ބައިވެރިވެފައިވާ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީސް (ސައިޓީސް) ގައި ބުނާ ގޮތުން ކަށިމިޔަރަކީ ނެތިދިޔުމުގެ ބިރު ހީވެފައިވާ ބާވަތެކެވެ. އަދި އެ ކޮންވެންޝަނުގެ އެޕެންޑިކްސް ދޭއްގައި ކަށިމިޔަރު ހިމެނުމަށް މިހާރު ވަނީ ހިމަނައިފަ އެވެ.