މަސްމާރުކޭޓުގެ މައްސަލަ ތާވަލު ކުރުމުން މާލެ ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާ ވެސް ކޯރަމް ހަމައެއް ނުވި!
އަދަދު
3 ސެޕްޓެމްބަރު 2025 | ބުދަ | 4:43
މާލޭގެ ރޯމަސް މާރުކޭޓު ތަރައްގީ ކުރުމަށް ގޮތް ނޭނގޭ އެއްބަސްވުންތަކެއް ހެދި މައްސަލަ ތާވަލު ކުރުމުން މާލެ ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާ ވެސް ކޯރަމް ހަމަނުވެގެން ކެންސަލް ކުރަން ޖެހިއްޖެ އެވެ.
ރޯމަސް މާރުކޭޓު ތަރައްގީ ކުރުމަށް ދައުލަތުގެ މާލިއްޔަތު ގާނޫނާ ހިލާފަށް ބަޔަކާ ހަވާލު ކުރި މައްސަލަ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު، މުހައްމަދު ސައިފް ފާތިހު އެވެ.
އޭނާ ހުށަހެޅުއްވީ ގާނޫނާ ހިލާފަށް މަސް މާރުކޭޓު ބަޔަކަށް ދިން މައްސަލަ މާލެ ސިޓީ ކައުންސިލުގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށާއި އެ މައްސަލައިގައި ކަން ހިނގާފައި ވާގޮތް ބެލުމަށް އެ ކައުންސިލުގެ ލީގަލް ސެކްޝަނުގެ ވެރިޔާ، އަލީ ނަސީރު ގާސިމް މިއަދުގެ ޖަލްސާއަށް ހާޒިރު ކުރުމަށެވެ.