ފުލުހުންގެ ވަޒީފާއިން ވަކިކުރި ޖަމްޝީދު އާއި ޓޫފޯއަށް އަލުން ވަޒީފާ ދީފި

އަދަދު

3 ސެޕްޓެމްބަރު 2025 | ބުދަ | 5:11

ޕޮލިސް ބޯޑުން ވަކި ކުރަން ނިންމި ނިންމުމާ އެއްގޮތަށް 2021 ވަނަ އަހަރު ފުލުހުންގެ ވަޒީފާއިން ވަކިކުރި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނާ އަހުމަދު މުހައްމަދު (ޓޫފޯ) އަށް އެ މުއައްސަސާގެ ވަޒީފާ އިއާދަ ކޮށްދީފި އެވެ.

ފުލުހުންގެ އިސް އޮފިސަރުންގެ ތެރެއިން ޖުމުލަ ހަތް ބޭފުޅުން ވަޒީފާއިން ވަކިކުރަން އޯގަސްޓު 9، 2021 ގައި ޕޮލިސް ބޯޑުން ނިންމި ނިންމުމާ އެއްގޮތަށް ޓޫފޯ އާއި ޖަމްޝީދު ވަޒީފާއިން ވަކިކުރީ އޮކްޓޫބަރު 10، 2021 ގަ އެވެ. އެނގިފައިވާ ގޮތުގައި އެ ދެ މީހުން ފުލުހުންގެ ވަޒީފާއަށް ނެރުނީ މިއަދު އެވެ.

އެ ދެ މީހުންނަށް ފުލުހުންގެ ވަޒީފާ އިއާދަ ކޮށްދީފައި މިވަނީ ފުލުހުންގެ ބޯޑުން ނިންމި ނިންމުން ބާތިލު ކުރަން ސިވިލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ އެ ކޯޓުން ބޭރު ކޮށްލުމުންނެވެ.

މައުޟޫޢުތަށް