އަމިއްލަ ފައިމައްޗަށް ކޮޅަށް ޖަހަން ބުނި ސަރުކާރު ކުންފުނިތަކަށް ފައިސާ އޮއްސަނީ
އަދަދު
4 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 10:08
ސަރުކާރުގެ އިގުތިސޯދީ އިސްލާހީ އެޖެންޑާގެ ދަށުން ސަރުކާރު ކުންފުނިތަކުން ދައުލަތުގެ ބަޖެޓަށް ބަރޯސާވުން ކުޑަކުރާނެ ކަމަށް ބުނި ނަމަވެސް އަހަރުގެ މިހާތަނަށް ބަޖެޓުކުރި ވަރަށް ވުރެ ތިން ގުނަ އިތުރަށް ސަރުކާރު ކުންފުނިތަކަށް ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސުން އިއްޔެ ޝާއިއުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ފަހު ހަފުތާގެ ނިޔަލަށް އިންވެސްޓުމަންޓުގެ ގޮތުގައި ސަރުކާރު ކުންފުނިތަކަށް ވަނީ 1.2 ބިލިއަން ރުފިޔާ ދޫކޮށްފަ އެވެ.
މީގެ ކުރިން ފިނޭންސުން ބުނެފައިވާ ގޮތުގައި އިންވެސްޓުމަންޓުގެ ގޮތުގައި ރެކޯޑުކުރާ ފައިސާއަކީ ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި ހަރަދުކުރާ ފައިސާ އާއި ބައިނަލްއަގުވާމީ މުއައްސަސާތަކުގައި ބެހެއްޓިފައި ހުރި ރައުސުލްމާލު ކަމަށެވެ. އެކަމަކު ބޭރުގެ މުއައްސަސާތަކުގައި ބަހައްޓާފައި ހުރި ރައުސުލްމާލަކީ ނިސްބަތުން ވަރަށް ކުޑަ މިންވަރެކެވެ.