ލޯނު ދައްކަން ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް ހަރަދުކޮށްފި

އަދަދު

4 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 10:58

ފިމި އަހަރުގެ ބަޖެޓުގައި ދައުލަތުން ނަގާފައިވާ ލޯނުތައް ދައްކަން ބަޖެޓު ކުރި 3.8 ބިލިއަން ރުފިޔާ ހުސްވެ، ދަރަނިތައް އަދާކުރަން އިތުރަށް ފައިސާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސުން އާންމުކޮށްފައިވާ އަހަރުގެ 32 ވަނަ ހަފުތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައިވާ ގޮތުގައި އެ ހަފުތާގެ ނިޔަލަށް ލޯނުތައް ދައްކަން 3.9 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މިއީ ބަޖެޓު ކުރި ވަރަށް ވުރެ 76 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އަހަރުގެ ބާކީ 20 ހަފުތާ އޮއްވާ ލޯނު ދައްކާ ބަޖެޓު ހުސްވީއިރު، މި އަހަރުގެ ފަހު ކުއާޓަރުގައި ވެސް ލޯނުތަކަށް ފައިސާ ދައްކަން ޖެހޭނެ އެވެ. މިއީ އަހަރުގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ އަދަދުތައް އެނގިގެން ބަޖެޓު ކުރާ އަދަދެއް ކަމުން ލޯނުތައް ދައްކަން އިތުރަށް ހަރަދުކުރަން ޖެހުނީ ކީއްވެގެން ކަމަށް ނޭނގެ އެވެ.

މައުޟޫޢުތަށް